ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ ނައިބު ރައީސްގެ މިދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓިއަށް ކަމަށެވެ.
އައްޑޫ ސިޓީއަށް ނައިބު ރައީސް ކުރައްވާ ދަތުރުފުޅުފައި ސ.ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ސ. ހުޅުދޫއަށް ޒިޔާރަތްކުރައްވައި އެރަށުގައި ގާއިމުކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ އެއަށްފަހު ނައިބު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ސިޓީއަށް ކަމަށެވެ.
އެމަނިކުފާނު ފުވައްމުލަކަށް ކުރައްވާ ޒިޔާރަތުގައި، އެރަށުގެ ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރާއި އެރަށުގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ނައިބު ރައީސްގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިރޭ މެންދަމުގެ ވަގުތެއްގައެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް