ކޮވިޑުން ރައްކާތެރިވުމަށް ޗައިނާގެ ކެބިން ކްރޫއިން ނެޕީ ޖެހުމަށް އަންގައިފިއެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަން އިން ނެރެފައިވާ ހާއްސަ ގައިޑްލައިންގައި ވަނީ އެގައުމުގެ އެއާލައިން އިންޑަސްޓްރީގެ ފަރާތްތަކުން ކޮވިޑުން ރައްކާތެރިވުމަށް އަމަލުކުރަން ކަނޑައަޅާ ކަންތައްތަކެއް ހިމަނައިފައެވެ.

ޓެކްނިކަލް ގައިޑްލައިންސް ފޯ އެޕިޑަމިކް ޕްރިވެންޝަން އެންޑް ކޮންޓްރޯލް ފޯ އެއާލައިން ގައި ވަނީ އެގައުމުގެ އެއާލައިންތަކުގެ އިތުރުން އެއާޕޯޓުތަކުގައި ސާފުތާހިރުކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހިމަނައިފައެވެ.

ގައިޑްލައިންގައި ވަނީ އެގައުމުގެ ކެބިން ކްރޫއިން ފްލައިޓްތަކުގައި ފާހަނާ ބޭނުންކުރުމުން ދުރުހެލިވުމަށް ނެޕީ ޖެހުމަށް އަންގައިފައެވެ.

އަދި އެގައިޑްލައިންގައި ވާގޮތުން ހުރިހާ ވަގުތެއްގައިވެސް ކްރޫއިން ޖެހޭނީ ފުލް ޕީޕީއީގައި މަސައްކަތް ކުރާށެވެ.