އެމެރިކާގައި ކޮވިޑް ޖެހި، ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.
ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް ވެތުރެމުންދާ އެމެރިކާއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ވަނީ 3124 މީހުން ކޮވިޑް ޖެހިގެން މަރުވެފައެވެ.
އެމެރިކާއިން އެގައުމުގެ މިނިވަން ދިރާސާ ކުރާ ޓީމަކުން ހަދާފައިވާ ދިރާސާއަކުން ވަނީ އެގައުމުގެ ހާލަތަށް ބަލައި ކޮވިޑް ބަލީގައި 362،000 އަށްވުރެ ގިނަ މީހުން މަރުވާނެ ކަމަށް އަންދާޒާކޮށްފައެވެ.
އެގައުމުން މިހާތަނަށް ވަނީ ދެ ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައެވެ.
އެމެރިކާގައި ކޮވިޑް ޖެހި، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ ލައްކައަކަށްވުރެ މައްޗަށް އަރައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ