ކަނޑުމައްޗާއި މާލޭތެރޭގައި ފުލުހުން ބޮޑު ޑްރަގް އޮޕަރޭޝަނެއް ހިންގަން ފަށައި މިހާތަނަށް ދިހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ގިނަ އަަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ފަރީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ތެރެއިން ކަމަަށެވެ. މީގެ ދެ ގަޑިއެއްހާއިރު ކުރިން ފެށިގެން ފަރީދީ މަގު ބަންދުކޮށްގެން ފުލުހުން އަންނަނީ އެ ކާރު ފާސްކުރަމުންނެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ކަނޑާއި އެއްގަމުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި ފަރީދީމަގުގައި ފުލުހުން ހަރަކާތްތެރިވަނީ ރާއްޖެއަށް ޑްރަގް އެތެރެކުރާ ނެޓްވޯކަކުން އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ޑްރަގްސް ކާރެއްގެ ތެރެއިން ފެނިގެން ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް ގުޅިގެން ކަނޑުމަތީ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި މި އޮޕަރޭޝަންގައި މިހާތަނަށް ދިހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބަލަމުން އަންނަ ކާރުގެ ޑިކީގައި ދެ ގޯންޏެއްގައި އެއްޗެހިތަކެއް އެބަހުރި ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ މައުލޫމާތު ދެއެވެ.
މި އޮޕްރޭޝަންއާ ގުޅިގެން ފުލުހުން އަދިވެސް އަންނަނީ އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް