ގޮތްނޭނގޭ ބައްޔެއްގައި އިންޑިއާއިން އެކަކު މަރުވެ، 350 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އެލުރު ސިޓީގެ ހޮސްޕިޓަލުން ފަރުވާދީ މިހާތަނަށް 186 މީހަކު ދޫކޮށްފައިވާ އިރު، އަދިވެސް 164 މީހުންނަށް ފަރުވާދެމުން އަންނަ ކަމަށް އެސިޓީގެ އޮފިޝަލަކު ވަނީ ބުނެފައެވެ.
ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ 45 އަހަރުގެ މީހެއް ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ވައި ސެސް ޖަގަން މޯހަން ރެޑީ ވަނީ އެލުރު ސިޓީގެ އިސް އޮފިޝަލުންނާއެކު ހާއްސަ މަޝްވަރާތަކެއް ފައްޓަވައިފައެވެ.
އިންޑިއާގެ ޑޮކްޓަރުންނާއި ސައިންޓިސްޓުން އެކުލެވޭ ހާއްސަ ޓީމެއް ބަލި ފެނިފައިވާ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުން މި ބަލީގެ އަސްލު ހޯދިފައިނުވާ ކަމަށް އެސިޓީގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ. ގިނަ ބަޔަކަށް ބަލި ޖެހި، ނޭވާލާން އުނދަގޫވުމުގެ އިތުރުން ފިޓު ޖެހުން ފަދަ މައްސަލަތައް ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ