ރަޝިޔާގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރެކޯޑް އަދަދަކަށް ކޮވިޑް ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް އެގައުމުން ބުނެފިއެެވެ
ރަޝިޔާގެ ކޮވިޑް ރެސްޕޮންސް ސެންޓަރުން ވަނީ އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 29،039 ކޮވިޑް ކޭސް ފެނިފައިވާ ކަމަށާއި މިއީ އެގައުމުން ކޮވިޑް ބަލި ފެނުނު ފަހުން މިހާ ގިނަ ކޭސް ފެނިފައިވާކަމަށް ރެކޯޑްކުރެވިފައިވާ ފުރަތަމަ ފަހަރު ކަމުގައި ފާހަގަކޮށްފައެވެ.
ރަޝިޔާއިން ވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 457 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާކަމަށް ރެކޯޑްކޮށްފައެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯއަކީ އެގައުމުން އެންމެ ގިނަ ކޭސް ފެނިފައިވާ ސިޓީއެވެ. މޮސްކޯއިން އިއްޔެ އެކަނިވެސް 7،512 ކޭސް ފެނިފައިވާކަމަށް ރެކޯޑްކޮށްފައިވާއިރު ޖުމްލަ އަދަދު ހަލައްކައަށްވުރެން މައްޗަށް އަރާފައި ވެއެވެ.
ރަޝިޔާ ވެފައިވަނީ މުޅި ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ކޭސްފެނިފައިވާ ގައުމަށެވެ. އެގައުމުގައި މިހާރު ވަނީ ކޮވިޑް ވެކްސިން ވެސް ޖަހަން ފަށައިފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ