ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ދެ ބިދޭސީއަކާއި ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކުރީ 47 އަހަރުގެ އަންހެނަކާއި 21 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެމީހުން ރާއްޖެ އައިސްފައިވަނީ ކޮން ގައުމަކުން ކަމެއް އަދި އެމީހުން ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.
ޝަހުސު އޮޅުވާލައިގެން ވަގު ޕާސްޕޯޓުތަކުގައި ރާއްޖެއަށް އެތެރެވާން އުޅޭ ބިދޭސީންގެ މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު