އެއާ ނުލައި ދިފާއު ބިނާ ނުކުރެވޭވަރުގެ މުހިއްމު ލިއުންތަކެއް، ލިބިފައި ނުވާ ކަމަށާއި އެ ލިޔުންތައް ނުދީ ދައުލަތުން ހިފަހައްޓާފައިވާކަމަށް، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލު ކުުރުމާއި މަނީ ލޯންޑާ ކުރުުގެ މައްސަލައާ ގުޅިގެން މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ އިތުރުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވިޝަރީއަތުގެ މަޖިލީހުގައި، ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު އަދި އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 106 ވަނަ މާއްދާ އާއި 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖަވާބުދާރީވުމަށް ބޭނުންވާ ވަަރށްގިނަ ލިޔެކިއުންތަކެއް ނުލިބިވާ ކަމަށެވެ.
އެކަންވާނީ ފަނޑިޔާރުގެ ސަމާލުކަމަށް ލިޔުމުން ގެންނަވާފައި ކަމަށާއި، ބޭނުންވެގެން ދައުލަތުގައި އެދުނު ލިޔެކިއުންތައް ދިނުމުގެ ބަދަލުގައި، އެއޯ ދިފާއަށް އެހާ މުހިއްމު ލިޔެކިއުންތަކެއްކަމަށް ނުވާތީ އެ ލިޔެކިއުންތައް ދޭން ބޭނުން ނުވާކަަމަށް، ދައުލަތުން ބުނެފައިވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 129 ވަނަމާއްދާގެ ދަށުން ކަނޑައަޅާފައިވާ މައިގަނޑު އުންސުރަކީ ދިފާއަށް ބޭނުންވާ މުހިއްމު ލިޔެ ކިއުންތަކަކީ ލިބެންޖެހޭނެ ލިޔެކިއުންތަކެއްކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ، ދައުވާގެ ދިފާއު ބިނާކުރަންވާގޮތް އެނގޭނީ ޕްރޮސިކިއުޓަރަށްނޫން ކަމަށާއި، އެއީ ދައުވާލިބޭ ފަރާތުގެ ކޮނޑުގައި އޮން މަސްއޫލިއްޔަތެއް ކަމަށެވެ.
ނަމަވެސް ޕްރޮސިކިއުޝަނުން މިއަދާހަމައަށްވެސް މި މައްސަލައިގައި ލިޔެކިއުންތައް ހިފާއްޓާފައި ވުމުގެ ސަބަބުން މި މައްސަލައިގައި ފުރިހަމަ ގޮތުގައި ޖަވާބުދާރީވެވޭނެ އުސޫލެއްގެ މަތިން، ދިފާއަށް ބޭނުންވެގެނ އެދިފައިވާ މި ލިޔެލިއުންތައް ލިބޭނެގޮތް ހައްދަވައި ދެއްވުން، އެދޭ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް ލިޔެ ކިއުންތަކަކީ އެ ލިޔެކިއުންތައް ލިބިގެންނޫނީ، މައްސަލައަށް ޖަވާބުދާރީ ވެވެންނެތް ލިޔެ ކިއުންތަކެއްކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ދިފާއުގެ ހައްގެއް ކަމަށާއި ދައުވާ އުފުލާއިރު އެއާބެހޭ ލިޔެކިއުންތައް ލިބެންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ޖަމީލަށްފަހު ދެވަނަ ރައީސް ޔާމީންގެ ދެވަނަ ވަކީލު އަބުދުﷲ ޝިޔާޒު ވެސް ވިދާޅުވީ، މުހިއްމު ލިޔެކިއުންތައް ނުލިބި ވާ ކަމަށެވެ.
ދިފާއީ ވަކީލުންގެ އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވަން އިންނެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު އެ ލިޔެކިއުންތައް ހަވާލު ނުކުރެވިގެން އޫލެނީ ކީއްޔެގެންތޯ، ސައުލަތުގެ ވަކީލުންގެ ކިބައިން އެއްސެވިއެވެ. އަދި ކޮންމެ ޝަރީއަތުގެ މަޖިލީހެއްވެސް ނިންމާލަން ޖެހެނީ ލިޔެކިއުންތައް ބަދަލުކުރުމަށް މުއްދަތު ދެއްވާފައި ކަމަަށާއި ނަމަވެސް ޝަރީއަތުގެ މަޖިލީހުގެ ވަގުތުތައް ކޮންމެ ދުވަހަކު ދަނީ ފޯލިއޯ ނަންމަރުތައް ކިއުމުގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެގޮތަށް ކަންތައް ނުދާނެގޮތަކަށް ދައުލަތުންވެސް ވިސްނުން ބަހައްޓައިގެން އެ ލިޔެކިއުންތައް ހަވާލު ކުރަންޖެހޭނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ގާޒީގެ ވާހައާ ގުޅިގެން، ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު، ވިދާޅުވީ، ރައީސް ޔާމީންގެ ވަކީލުން ނިލިބޭކަަމަށް ވިދާޅުވާ ލިއުން ތަކަކީ، ސިއްރުކުރަން އެދިފައިވާ ލިއުންތަކާއި މައްސަލަ ހުށަހެޅި ފޯމާއި މައްސަލައިގެ އިދާރީ ލިޔެކިއުންތަކާއި، މައްސަލައިގެ ތަހުގީގަށް ބަޔާންދެއްވާފައިވާ ފަރާތްތަކުގެ ވަނަވަރުތައް ކަމަށެވެ.
އެހެންކަމުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ކުރިއަށް ގެންދެވީ ލިޔެކިއުންތައް އަޅާކިއުމުގެ ކަންތައްތަކެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް