ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެމެރިކާއިން 227،885 ކޭސް ފެނިއްޖެއެވެ.
ކޮވިޑުގެ ހާލަތު ދުނިޔެއިން އެންމެ ގޯސްވެފައިވާ އެމެރިކާއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މިހާތަނަށް ދުނިޔޭގެ ގައުމަކުން އެއް ދުވަސްތެރޭ ނުފެންނަހާ ގިނަ ކޭސް ވަނީ ފެނިފައެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ މި ހާލަތުގައި އެގައުމުގެ ހޮސްޕިޓަލުތައް ފުރި ނުކަތާވަރުވެފައިވާ އިރު، ބަލިން މަރުވާ މީހުންވެސް ވަނީ ބޮޑުތަނުން ގިނަވެފައެވެ. އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރު 2010 މީހުން ބަލީގައި މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
އެމެރިކާގެ އިންފެކްޝަސް ޑިޒީސް އެކްސްޕާޓް ޑރ. އެންތޮނީ ފައުސީ ވިދާޅުވެފައިވާ ގޮތުގައި އެގައުމުގެ ކޭސްތައް އިތުރުވަމުންދަނީ އެގައުމުގެ ބަންދު ދުވަސްތަކާއެކު މީހުން ގަވާއިދުތަކަށް ބޯނުލެނބުމާ ގުޅިގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ