ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކޮށްދިނުމުގެ ރީތި ސިފައިން މި ޖީލުގެ ހުރިހާ ޒުވާނުން ޒީނަތްތެރިވުމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރު އިމްރާން މިކަމަށް އިލްތިމާސް ކުރެއްވީ މިއަަދު ފާހަގަ ކުރަމުން އަންނަ ބައިނަލް އަގުވާމީ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ކުރު ހިތޯބެއްގައެވެ.
މި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދޭ މީހާގެ ކިބައިން އެއްވެސް އެހީއަކަށް، އެއްވެސް ހެވަކަމަށް އުއްމީދު ކުރުމެއްނެތި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދަރުމަވެރިކަން ނުވަތަ، ވޮލަންޓަރިޒަމް ކަމަށާއި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަމިއްލަ ނަފްސަށް ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް، އަދި އުފަލެއް ކަމަށެވެ.
އެކަމަކީ މުޖުތަމައުގެ ބަދަހިކަމާއި އުފާފާގަތިކަމާއި އޯގާވެރިކަން އިތުރު ކޮށްދޭނެކަމެއް ކަމަށާއި މިއަހަރުގެ ޝިއާރުގައިވާ ފަދައިން އެންމެން އެކުގައި ކާމިޔާބާއި ފުރިހަމަ ނަތީޖާއާ ހަމައަށް ވާސިލްކޮށްދޭނެކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކޮށްދިނުމުގެ ރިވެތި މަތިވެރި ސިފަތަކަކީ ދިވެހި ކާބަފައިންގެ ކިބައިން އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައިވާ ވަރަށްމަތިވެރި ދިވެހި ސިފައެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ދަރުމަވެރިކަމުގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި މުޖުތަމައުގެ ހުރިހާ ބައިވެރިން އެކަމުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ރާއްޖެ އުފާވެރި އަމާން އައްސޭރިއަކަށް ވާސިލުވުމަށް މުހިއްމުކަމެއް ކަމަށެވެ.
ދަރުމަވެރިއެއްގެ ގޮތުގައި ކޮންމެ ދުވަހަކު ތިމާގެ އެދުމުން އެއްކިބާވެ، މުޖުތަމައުގެ އުފަަލަށްޓަކައި ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މުހިއްމުކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އަމިއްލަ އެދުމުން އެއްކިބާވެ އެހީތެރިކަމަށް ބޭނުންވެފައިވާ ކޮންމެވެސް މީހަކަށް ކޮންމެ ދުވަހަކު ކަމެއް ކޮށްދިނުމަކީ އަމިއްލަ އުފަލެއްކަމުގައު ހެދުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ