ލަންކާ ހުރަސްކޮށް ތޫފާން "ބުރެވި"ގެ މިސްރާބު އިންޑިއާއަށް ޖަހައިފި އެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މޫސުމާބެހޭ ގައުމީ އިދާރާގެ ފޯކާސްޓަރ ވިދާޅުވީ ތޫފާން ދަތުރުކުރަމުންދަނީ އިންޑިއާއާ ދިމާއަށް ކަމަށެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި ތޫފާން އިންޑިއާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.
މެޓުން ބުނީ ތޫފާން "ބުރެވި" ދަތުރުކުރަމުންދަނީ ރާއްޖޭގެ އުތުރުން ހއ.ކެލާ އާއި 770 ކިލޯމީޓަރު ދުރުން ކަމަށެވެ.
މި ތޫފާނުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ކުރާނެކަމަށް މެޓުން ލަފާކޮށްފައި ވެއެވެ. އާންމު ގޮތެއްގައިވެސް ކަނޑުތައް ގަދަވެ، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މެޓް އޮފީހުން ވަނީ މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފައެވެ. ވައިޓް އެލާޓް ނެރެފައިވަނީ ރާއްޖެ ސަރަހައްދުގައި ތޫފާނެއް އުޅޭތީ ކަމަށް އެއިދާރާއިން ބުނެއެވެ.
ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ތޫފާން ވެސް މިހާރު ރާއްޖެއާ ދުރަށް ދެކުނަށް ޖެހެމުން އަންނަކަމަށް މެޓުން ބުނެފައި ވެއެވެ.
މޫސުމް
މޫސުމް
މޫސުމް
މޫސުމް