ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ ގައުމީ ކެމްޕޭނުގައި ބޭނުން ކުރުމަށްޓަކައި ހަމަޖެހިފައިވާ ލޯގޯ އާއި ޝިއާރު ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެއްސެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާ ކުރުމުގެ ގައުމީ ކެމްޕޭނަކީ ޖެންޑާ މިނިސްޓްރީން ހިންގާ ކެންޕެއިނެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ކެމްޕެއިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯ އާއި ޝިއާރު ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެއްސެވުމަށް ރައީސް ސޯލިހު މިއަދު ނިންމަވައިފައިވާ ކަމަށެވެ.
ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ ގައުމީ ކެމްޕޭނުގައި ބޭނުންކުރުމަށް ކަނޑައަޅުއްވާފައިވާ ޝިއާރަކީ "ގެވެށި އަނިޔާ ހުއްޓުވާނަން" މިއެވެ. މި ޝިއާރު ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.