އެމެރިކާގެ އުޓާ އިން ފެނުނު ދަގަނޑު ގެއްލިއްޖެއެވެ.
އެމެރިކާގެ އުޓާގެ ހަނަފަސް ހިސާބަކުން ކޮޅަށް ޖަހާފައި ހުރި ދަގަނޑެއް ފެނިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެސަރަހައްދުން ދަތުރު ކުރި ހެލިކަޕްޓަރެއްގެ ކެޕްޓަނަކަށެވެ.
އުޓާގެ ބިއުރޯ އޮފް ލޭންޑް މެނޭޖްމަންޓް އިން ވަނީ އެދަގަނޑު ކޮންމެވެސް ބަޔަކު ނަގައިފައިވާ ކަމަށް ބުނެފައެވެ.
ގޮތް ނޭނގޭ އެ ދަގަނޑާ ގުޅޭ ގޮތުން އެކި ވާހަކަތައް ފެންމަތިވެފައިވާއިރު ބައެއް މީހުން ވަނީ އެ ދަގަނޑަކީ އޭލިއަނުން އައިސް ހަރުކޮށްފައިވާ ދަގަނޑެއް ކަމުގައި ވެސް ސިފަ ކޮށްފައެވެ.
ދަގަނޑުގެ މައުލޫމާތު ހާމަ ވުމާއެކު ގިނަ ބަޔަކު ވަނީ އެސަރަހައްދަށް ދަތުރުކޮށް އެދަގަނޑު ބަލައިފައެވެ.
އުޓާގެ ހައިވޭ ޕެޓްރޯލްގެ އޮފިޝަލަކު ބުނީ، ގާތްގަނޑަކަށް 12 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބެލެވޭ އެ ދަގަނޑު ހުރީ ބިމަށް ޖަހައިފަ އެވެ. ނަމަވެސް އެއީ ކޮން މައުދަނެއްގެ ދަގަނޑެއް ކަމެއް އަދި ހޯދިފައި ނުވާ ކަމަށް ބުންޏެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ