އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ 50 ކޮފީ ޝޮޕް ލިސްޓުގައި ރާއްޖޭގެ މެރާކީ ކޮފީ ރޯސްޓާޒް ހިމެނިއްޖެ އެވެ.

ބިގް 7 ޓްރެވަލް ގައިޑުން އެކުލަވާލި މި ލިސްޓުގައި ރާއްޖޭގެ ފުރަތަމަ ކޮމާޝަލް ކޮފީ ރޯސްޓާ، މެރާކީ ހިމެނިފައިވަނީ 25 ވަނައިގަ އެވެ. މި ލިސްޓަކީ ކިޔުންތެރިންގެ މެދުގައި ކުރިއަށް ގެންދާ ސާވޭތަކާއި އެޑިޓޯރިއަލް ޓީމުގެ ރިވިއުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ލިސްޓެކެވެ. މި ލިސްޓުގެ އެއް ވަނަގައި ހިމެނިފައިވަނީ ޓައިވާންގެ "ސިމްޕަލް ކައްފަ" އެވެ.

ބިގް 7 އިން ނެރުނު ލިސްޓުގައި މެރާކީ ސިފަ ކޮށްފައިވަނީ އެމެރިކާގެ ބްރުކްލީންގެ ތަނެއްގެ ގޮތުގައެވެ. އަދި އެތަނަކީ އަމިއްލައަށް ކޮފީ ރޯސްޓުކުރާ ތަނެއް ކަމަށާއި އެތަނުން ލިބޭ "ހޯމް މޭޑް ކުކީސް"ގެ ރަހަ ބެލުމަށް ވެސް އޭގައި ބުނެފައިވެ އެވެ. މި ކުކީސް އަކީ "ސަމާސް ކުކީސް" އިން ތައްޔާރުކުރާ "ޓްރިޕަލް ޗޮކްލެޓް ކުކީސް" އެވެ.

ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު މަބުރޫކް އަޒީޒު، 2017 ވަނަ އަހަރު ހުޅުވި މެރާކީ އަކީ ސަތޭކަ ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ ތަނެކެވެ. މާލޭގައި ހުންނަ މި ކޮފީ ޝޮޕަކީ ޒުވާނުންގެ މެދުގައި މަގުބޫލު ތަނެކެވެ.