ޖަނަވަރީ 2015 ގައި ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ހުކުމް އިއްވުން މާދަމާ އޮންނާނެ އެވެ.
މި މައްސަލައިގެ އަޑު އެހުންތައްް މިހާރު ވަނީ ނިންމާލައިފަ އެވެ. މީގެ ކުރިން ވެސް މި މައްސަލައިގެ ހުކުމް އިއްވުން ތާވަލް ކުރި އެވެ. ނަމަވެސް ފަހުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުން މާދަމާ މެންދުރު 2:00 އަށް ތާވަލްކޮށްފަ އެވެ. އެހެންކަމުން މިއީ އެ މައްސަލައިގެ ހުކުމް އިއްވުންކަން އެނގެ އެވެ.
އިބްތިހާލްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް އޭރު އާފިޔާ ގެންދިއުމުން އެ ކޯޓުގައި އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފު ވެފައެވެ. އަދި ފުލުހުންގެ ތަހުގީގާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް އެކަމަށް އޭނާ އިއުތިރާފުވި އެވެ.
ނަމަވެސް ފަހުން ރާގު ބަދަލުވެ ކްރިމިނަލް ކޯޓުގައި އާފިޔާ ބުނެފައިވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށާއި އޭނާ މަރާނުލާ ކަމަށެވެ.
އެ މައްސަލައިގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މިހާރު ވަނީ ހުލާސާ ބަޔާން ވެސް އިއްވައިފަ އެވެ. ދައުލަތުން ބުނީ އިބްތިހާލް މަރުވީ އާފިޔާ އޭނާ ނޭވާ ހާސްކުރުމުން ކަމާއި އާފިޔާ އިބްތިހާލަށް އަނިޔާ ކުރި ކަމާއި އިހުމާލުވި ކަމާއި އަދި އެހެން ދަރިންނާ ތަފާތުކުރިކަން ހެކިތަކުން އެނގޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު