އއ. އުކުޅަހު ގެސްޓްހައުސަކަށް ދިޔަ ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އުކުޅަހު ހެލްތު ސެންޓަރުން ބުނީ އެރަށު ނަލަވެލި ވިލާ ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އުކުޅަހުން ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެމީހާއާ ބައްދަލުވި މީހުން ދެނެގަނެ ކަރަންޓީން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އުކުޅަހުން ފަތުރިވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، މީގެ ފަސް ދުވަސް ކުރިންވެސް އެރަށުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ގެސްޓްހައުސްތައް އަލުން ހުޅުވާލުމާއެކު ގެސްޓްހައުސް ހިންގާ ބައެއް ރަށްރަށުން ޕޮިޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ. އެގޮތުން ކ. މާފުއްޓާއި ކ. ހުރާއިންވެސް މީގެ ކުރިން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެއެވެ.