ޕާކިސްތާނުގެ ކުޑަ އަވަށެއްގެ އެންމެން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޕާކިސްތާނުގެ ހިމާޗަލް ޕްރަދޭޝްގެ ލަހައުލް ވެލީގައި ހުންނަ ތޯރަންގް އަވަށުން އެންމެން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، އެ ސަރަހައްދު ވެފައިވަނީ އެގައުމުގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވެފައިވާ ސަރަހައްދަށެވެ.

އޮފިޝަލުން ބުނީ އެ އަވަށުގެ ގިނަ ބަޔަކު ފިނި މޫސުން އައުމާއެކު އެހެން ސަރަހައްދަކަށް ހިޖުރަކޮށްފައިވާ ކަމަށާއި މިހާރު އެ އަވަށުގައި ތިބީ 42 މީހުން ކަމަށެވެ. އަދި ކޮވިޑް ފެތުރިފައިވާ މިންވަރު ބެލުމަށް އެ އަވަށުގައި ހެދި ޓެސްޓުތަކުން 42 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އޮފިޝަލުން ވަނީ އެ އަވަށުގެ އެންމެން ދާދިފަހުން ދީނީ އެއްވުމެއްގައި ބައިވެރިވެފައިވާ ކަމަށާއި އެއީ ބަލި ފެތުރުމަށް މަގުފަހިވެގެން ދިޔަ ސަބަބު ކަމަށް ފާހަގަކޮށްފައެވެ.

ހިމާޗަލް ޕްރަދޭޝްގައި ވެސް މިހާތަނަށް 856 މީހުން ޕޮޒިޓިވްވުމާއެކު އެ ޑިސްޓްރިކްޓުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބޮޑު ސަރަހައްދެއް ފަތުރުވެރިން އައުން ވަނީ ހުއްޓުވައިފައެވެ.