އަންހެނުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ދެގުނަ މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް 16 ދުވަހު "އޮރެންޖް ދަ ވޯލްޑް" ކެމްޕެއިންގެ މަސައްކަތްތައް މުޅި ދުނިޔޭގައި ކުރިއަށް ދާއިރު، އަންހެނުންނަށް ގަދަރާއެކު ފުރައްސާރަ އާއި އަނިޔާއިން ސަލާމަތްވެފައިވާ މުޖުތަމައެއްގައި ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ދެގުނަ މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 25 ގައެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "އޮރެންޖް ދަ ވޯލްޑް: ފަންޑް، ރެސްޕޮންޑް، ޕްރިވެންޓް، ކަލެކްޓް" އެވެ.
ޚަބަރު
ޚަބަރު
ޚަބަރު