ހދ. ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 42 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތްތަކުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތުގެ 53 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ނެއްލައިދޫގައި 22،860 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި 10،294 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމާއި 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 224 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި ގްރޯންސް ޖެހުމުގެ މަސައްކަތާއި 2،102 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ޖަހާނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖުމްލަ 47.6 މިލިއަން ރުފިޔާ އަށެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ