ދިވެހިރާއްޖެއިން އެކުވެރި އަރަބި އިމާރާތަށް ކަނޑައެޅުއްވި ސަފީރާ އާމިނަތު ޝަބީނާ، ސަފީރުކަމުގެ ފަތްކޮޅު އެގައުމުގެ ނައިބު ރައީސް، ޕްރައިމް މިނިސްޓަރު، މިނިސްޓާ އޮފް ޑިފެންސް އަދި ރޫލަލް އޮފް ދުބާއީ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމަށް އަރުވައިފިއެވެ.
މިއަދު އަބޫދާބީގައި ހުންނަ ގަސްރު އަލް ވަތޮން ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިތުރުން ހަތް ގައުމެއްގެ ސަފީރުން ފަތްކޮޅު އެރުވިއެވެ.
އެ ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ދެއްކެވި ވާހަކަފުޅުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ސަފީރުންނަށް މަރުހަބާ ވިދާޅުވެ، އެބޭފުޅުންގެ ގައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް ޔޫއޭއީ އިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ އަރުވައިފައެވެ.
ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އާމިނަތު ޝަބީނާ، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރު އަދި ދިވެހި ރައްޔިތުންގެ ފަރާތުން ޔޫއޭއީގެ ވެރިންނަށާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތަށާއި ކާމިޔާބީ އަދި ހެޔޮ ދުއާ އަރިސްކުރާ ކަމަށެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު