ގދ. ތިނަދޫ ފަޅުތެރޭ އޮތް ދޯންޏެއްގައި އަލިފާން ރޯވެ، ހަތަރު މީހަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ރޭ 12:34 ހާއިރު ރިޕޯޓް ކުރި އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ "ރާސްތާ" ނަމަކަށް ކިޔާ މަސްދޯންޏެއްގައި ކަމަށެވެ. އެ ހާދިސާ ހިނގީ ދޯނީގައި ހުރި ގޭސްފުޅިން ގޭސް ލީކުވެގެން ކަމަށާއި ރޯވި އަލިފާން ނިއްވާލީ ތިނަދޫގެ ފަޔާ އެންޑް ރެސްކިއުއިން ކަމަށް ބުންޏެވެ.

އެ ހާދިސާގައި ދޯނީގައި ތިބި ހަތަރު ދިވެއްސަކު ފިހިގެން، ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.