ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ކާފިއު އިއުލާންކޮށްފިއެވެ.
އެމެރިކާގައި ކޮވިޑުގެ ހާލަތު ގޯސްވެ ބަލި ޖެހުނު މީހުންގެ އަދަދު 12 މިލިއަނަށް އަރާފައިވާއިރު އެގައުމުން ދުވާލަކު މަރުވާ މީހުންގެ އަދަދު ވަނީ 2000 އަށް އަރައިފަ އެވެ. ހާއްސަކޮށް ކެލިފޯނިއާއިން ކޮވިޑް ކޭސްތަކުގެ އަދަދު މިލިއަނަކަށްވުރެ މައްޗައް ވަނީ އަރައިފަ އެވެ. އަދި އެ ސްޓޭޓްގެ ސިއްހީ ވުޒާރާތަކަށް ވަނީ ނުކަތާވަރުވެފަ އެވެ.
އެގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކެލިފޯނިއާގައި ކާފިއު ހިންގަން ނިންމާފައިވަނީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށެވެ. އަދި ހާލަތަށް ބަލައި ކާފިއު މުއްދަތު އިތުރުކުރަން ޖެހިދާނެ ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން ބުނެ އެވެ.
އެމެރިކާގެ ކޮވިޑް ކޭސްތައް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު އެގައުމުން އުފެެއްދި ކޮވިޑް ވެކްސިން ބޭނުންކުރުމުގެ ހުއްދައަކަށް އެފްޑީއޭގައި ވަނީ އެދިފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ