ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް އެޕްލިކޭޝަންގެ އިތުރުން ކާޑުތަކުން މިއަދު ހެނދުނުން ފެށިގެން ހިދުމަތް ހޯދުމަށް ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާ ވަނީ ކުރިމަތިވެފައެވެ.

މިކަމާ ގުޅިގެން ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހިދުމަތް ހޯދުމަށް ދަތިތަކާ ކުރިމަތިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލް އިން ވަނީ ހިދުމަތްތަކަށް މި ދިމާވި މައްސަލަތަކާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ.