މާލޭއިން ގެއްލިގެން ހޯދަމުންދިޔަ މީހާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ހޯދަމުން އައީ ބ. މާޅޮސް/ ކީސްފިލާ އަބްދުﷲ މުއާޒު (އ) އެވެ. މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓްކުރީ މިއަދު މެންދުރު 3:45 ހާއިރު އެވެ.

ފުލުހުން ބުނީ، އޭނާ ދާދި ދެންމެއަކު އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް އާއިލައިން މައުލޫމާތު ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.