ކ. ކާށީދޫ ޕޮލިސް ސްޓޭޝަންގައި ހައްޔައްރުކޮށްފައި ހުރި މީހަކު ފިލައިފި އެވެ.

ފުލުހުން ބުނީ، ފިލާފައިވަނީ އެރަށު އަލުންތިލަ، އުމުރުން 32 އަހަރުގެ އަލީ ހުސައިން ކަމަށާއި އޭނާ ފިލިކަން އެނގުނީ ރޭ 11:32ގައި ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން އިތުރަށް ބުނީ، އެފަދަ މައްސަލަތަކުގައި އާންމު ގޮތެއްގައި އަމަލުކުރާ އުސޫލުގެ ދަށުން އޭނާ ފިލި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ހުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ކާށިދޫ ޕޮލިސް ސްޓޭޝަންގެ ނަންމަބަރު 9791519 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ފުލުހުން ބުނީ، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.