ފައިޒާ ވެކްސިންގެ އިމަޖެންސީ ހުއްދައަކަށް އެދިއްޖެއެވެ.
ފައިޒާ އާއި ބަޔޯޓެކް އިން އުފައްދާފައިވާ ކޮވިޑް ވެކްސިން ފައިޒާގެ ހުރިހާ ޓެސްޓުތަކެއް ނިމި، ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދައަކަށް އެދިފައިވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަށެވެ.
އެފްޑީއޭ އިން ހުއްދަދިނުމަށް ހަމަޖެހިފައިވާ ތާރީހު އަދި އިއުލާން ކޮށްފައިނުވި ނަމަވެސް، އެގައުމުގެ ސަރުކާރުން ވަނީ އަންނަ މަހުގެ ކުރީކޮޅު އެގައުމުގެ ވެކްސިނަކަށް ހުއްދަ ދިނުމަށް ނިންމައިފައެވެ.
ފައިޒާގެ ޓެސްޓުތަކުން ވަނީ އެ ވެކްސިނަކީ ބޭނުންކުރަން ރައްކާތެރި އަދި ނަތީޖާ ނެރެދޭނެ ވެކްސިނެއް ކަމަށް ދައްކައިފައެވެ.
ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބުމާއެކު ވެކްސިން ގައުމުތަަކަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ އިރު، ބައެއް ގައުމުތަކުން ވަނީ ވެކްސިން އޯޑަރުވެސް ކޮށްފައެވެ. އެގޮތުން ޔޫކޭ އިން ވަނީ 50 މިލިއަން ޑޯޒް ހޯދުމަށް އޯޑަރުދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ