އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 250،000 އަށް އަރައިފި އެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެމެރިކާއިން މިހާތަނަށް 250،029 މީހުން ވަނީ މަރުވެފަ އެވެ. މިއާއެކު އެމެރިކާ ވެފައިވަނީ މުޅި ދުނިޔެ އިން ވެސް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހި، އެންމެ ގިނަ މީހުން މަރުވި ގައުމަށެވެ.
ކޮވިޑް ޖެހިގެން ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒިލް އިންނެވެ. އެ ގައުމުން 166،699 މީހުން މަރުވެފައިވާ އިރު ތިންވަނައިގައި އޮތް އިންޑިއާއިން މިހާތަނަށް 130،993 މީހުން ވަނީ މަރުވެފަ އެވެ.
މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 57 މިލިއަނަށްވުރެ މައްޗަށް އަރައިފަ އެވެ. އަދި އެބަލީގައި 1.3 މިލިއަން މީހުން މަރުވެފައިވާއިރު، ބަލިން ރަނގަޅުވެފައިވަނީ 39.7 މިލިއަން މީހުންނެވެ. މިވަގުތު ވެސް ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން އަންނަ 16 މިލިއަން މީހުން އެބަ ތިއްބެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ