މެންޗެސްޓާ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.
ގާޑިއޯލާ ސިޓީއާއެކު ހަދާފައި ކޮންޓްރެކްޓް އާކޮށްފައި ވަނީ އިތުރު ދެ އަހަރަށެވެ. 2016 ވަނަ އަހަރު ސިޓީއާ ގުޅުނު އުމުރުން 49 އަހަރުގެ ގާޑިއޯލާ ވަނީ މިހާތަނަށް ދެފަހަރަށް ލީގު ކާމިޔާބުކޮށް، އެފްއޭ ކަޕްގެ އިތުރުން ތިން ފަހަރަށް ލީގު ކަޕްވެސް ކާމިޔާބުކޮށްފައެވެ. އާ ކޮންޓްރެކްޓާއެކު ގާޑިއޯލާއަށް އެންމެ ބޮޑު ޗެލެންޖަކަށް ވާނީ މިހާތަނަށް ސިޓީގައި ކާމިޔާބު ނުވެ އޮތް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ.
އާ ކޮންޓްރެކްޓާއެކު ގާޑިއޯލާ ބުނީ ސިޓީއާއެކު އޭނާއަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ގިނަ ގޯލްތަކެއް ޖަހައި، ގިނަ މެޗުތަކަކުން މޮޅުވެ، ޓްރޮފީތައްވެސް ހޯދިފައިވާ ކަމަށެވެ. ސިޓީއާއެކު ހޯދިފައިވާ ކާމިޔާބީތަކަށް ފަހުރުވެރިވާ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެއެވެ. އަދި ސިޓީގެ ބޯޑުން އޭނާއަށް ކުރާ އިތުބާރާއި، އަބަދުވެސް ދެމުން އަންނަ އެއްބާރުލުން ގާޑިއޯލާ ފާހަގަކޮށްފައިވެއެވެ.
ކުރިން ބާސެލޯނާއާއި ބަޔާން މިއުނިކުގައި ވެސް ކާމިޔާބީތަކެއް ހޯދި ކޯޗު ގާޑިއޯލާ ކުރިން ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާން އޮތުމުން، އެކަމަށް މީޑިއާގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވި ގިނަ ސީޒަންތަކެއް ދިޔުމުން ގާޑިއޯލާ ސިޓީ ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތައްވެސް ވަނީ ފެންމަތިވެފައެވެ.
ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ސިޓީން ކުޅުނު 245 މެޗުން 181 މެޗު ކާމިޔާބުކޮށް، 73.87 ޕަސެންޓްގެ ކާމިޔާބު ރޭޓެއް ވަނީ ހިފަހައްޓައިފައެވެ.
ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ބުނީ މިދިޔަ އަހަރުތަކުގެ ތެރޭގައި ހޯދި ކާމިޔާބީއަށް ބަލާ ގާޑިއޯލާގެ ކޮންޓްރެކްޓް އާކުރުމަކީ ނެޗުރަލް ކަމެއް ކަމަށެވެ. ސިޓީން ގެންގުޅޭ ފުޓުބޯޅަ ފިލޯސަފީގައި މޮޅުވުމުގެ ރޫހު ހިފަހައްޓާ، ކްލަބަށް ސްޓޭބިލިޓީ ހޯދައިދިނުމުގައި ގާޑިއޯލާގެ ދައުރު މުހިއްމު ކަމަށްވެސް ހަލްދޫން ބުނެފައިވެއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ