މެންޗެސްޓާ ސިޓީގެ ތާރީހު ދުށް އެންމެ މޮޅު ކޯޗު، ޕެޕް ގާޑިއޯލާ މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލަން ނިންމާފައިވާކަން ރަސްމީކޮށް ކްލަބުން އިއުލާނު ކޮށްފިއެވެ.
ގާޑިއޯލާގެ އެއްބަސްވުމުގައި ބާކީ ސީޒަނެއް އޮތް ނަމަވެސް، މި ސީޒަނަށްފަހު ކްލަބު ދޫކޮށްލަން ނިންމާފައިވާކަން މިއަދު ވަނީ ސިޓީން ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އެހެންނަމަވެސް ގާޑިއޯލާ، މެންޗެސްޓާ ސިޓީގެ ބެލެނިވެރި ސިޓީ ފުޓްބޯލް ގްރޫޕުން ދުރަށް ނުޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސިޓީ ފުޓްބޯލް ގްރޫޕުން މިހާރުވެސް 12 ކްލަބެއް ހިންގަމުން ދެއެވެ. އެއީ މެންޗެސްޓާ ސިޓީއާއި ނިއު ޔޯކް ސިޓީ، މެލްބާން ސިޓީގެ އިތުރުން ޖިރޯނާއާއި ޕަލޭމޯ އަދި ބާހިއާގެ އިތުރުން ޔޮކޮހާމާ އެފް މެރީނޯސްއެވެ. ކުރިން އެ ގްރޫޕުން ހިންގި މުމްބާއީ ސިޓީ އެފްސީގެ ހިންގުން މިހާރު ވަނީ ދޫކޮށްލައިފައެވެ.
ސިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ ގާޑިއޯލާ ކޯޗުކަމުގެ ދަށުން ދުރަށް ޖެހިލި ނަމަވެސް، ސިޓީ ގްރޫޕްގެ ގްލޯބަލް އެމްބެސެޑަރުކަމާ ހަވާލުވެފައިވާ ކަމަށެވެ. އަދި އެ ގްރޫޕްގެ ހުރިހާ ކްލަބެއްގެވެސް ޓެކްނިކަލް އެޑްވައިޒަރުކަމުގައި ގާޑިއޯލާ މަސައްކަތް ކުރާނެ ކަމަށެވެ.
ގާޑިއޯލާއަކީ މިފަހުގެ ތާރީހުގައި ދުނިޔޭގެ ފުޓުބޯޅަ ދުށް އެންމެ ކާމިޔާބު އެއް ކޯޗެވެ. ގާޑިއޯލާ ސިޓީއަށް ދިޔައީ އޭގެ ކުރިން ބާސެލޯނާއާއި ބަޔާން މިއުނިކްގައިވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. ސިޓީގައި މިވީ 10 އަހަރު ތެރޭގައި 20 ތަށި ހޯދާފައިވެއެވެ. އޭގެ ތެރޭގައި 17 ބޮޑެތި ތަށި ހިމެނެއެވެ.
ސިޓީން ގާޑިއޯލާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގު ހަފަހަރަށް ހޯދައި، ޗެމްޕިއަންސް ލީގާއި ތިން އެފްއޭ ކަޕް، ފަސް ލީގު ކަޕް ހޯދާފައިވެއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ