ވެކްސިން ނުދެވުމުގެ ސަބަބުން އަންނަ އަހަރު ހިމަބިހީގެ ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެދާނެ ކަމަށް ސައިންސްވެރިން ބުނެފިއެެވެ.
އޮސްޓްރޭލިއާގެ މެޑިކަލް އިންސްޓިޓިއުޓެއްގެ ސައިންސުވެރިން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން ކޮވިޑްގެ ބަލިމަޑުކަމުގައި ދުނިޔެ އޮތުމުގެ ސަބަބުން ހިމަބިހީގެ ވެކްސިން ނުދެވި ބަލީގެ ނުރައްކާ އެބަ އޮތްކަމަށް ބެލެވޭ ކަން ފާހަގަކޮށްފައި ވެއެވެ.
ޑަބްލިއުއެޗްއޯއިން މިދިޔަ އޮކްޓޯބަރު ނެރުނު ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި، 26 ގައުމެއްގެ 94 މިލިއަން ކުޑަކުދިންނަށް ވެކްސިން ނުދެވުމުގެ ސަބަބުން ނުރައްކަލަށް ވަނީ ހުށަހެޅިފަ އެވެ.
ރިޕޯޓުގައި ވާގޮތުން ކޮވިޑްގެ ސަބަބުން އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިއީ ހިމަބިހީގެ ނުރައްކާ ބޮޑުވުމަށް މަގުފަހިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ފާހަގަކޮށްފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ