ކޮރެއަންއެއާ އިން އޭޝިއާނާ އެއާލައިންސް ގަންނަން ނިންމައިފިއެވެ.
ދެކުނު ކޮރެއާގެ ގައުމީ އެއާލައިން ކޮރެއަން އެއާއިން ވަނީ އޭޝިއާނާ އެއާލައިންސް 1.6 ބިލިއަން ޑޮލަރަށް ގަތުމަށް ނިންމާފައިވާކަން އާންމުކޮށްފައެވެ.
ކޮރެއަން އެއާލައިން އިން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ތެރޭގައި މިފަދަ ނިންމުމެއް ނިންމާފައިވަނީ މުޅި ދުނިޔޭގެ އޭވިއޭޝަން އިންޑަސްޓްރީ އަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށް ބުނެފައެވެ.
ކޮރެއަން އެއާ އިން ބުނީ އޭޝިއާނާ އެއާލައިން ގަތުމަށް ހަދާ ޑީލް ގައި އޭޝިއާނާ އެއާލައިންގެ އިތުރުން އެ އެއާލައިންގެ ދަށުން ހިންގާ ލޯކޯސްޓް އެއާލައިން އެއާ ސިއޯލްގެ އިތުރުން އެއާ ބުސާން ވެސް ކޮރެއަން އެއާގެ ފްލީޓަށް އިތުރުވެގެން ދާނެ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމާއެކު އޭވިއޭޝަން ދާއިރާއަށް ހުއްޓުން އައިސް ބޮޑެތި ގެއްލުންތަކެއް ވެފައި ވާއިރު އޭޝިއާނާ އެއާލައިންސް އަށް ވަނީ 268 ބިލިއަން ޑޮލަރުގެ ގެއްލުމެއް މިއަހަރު އެކަނިވެސް ވެފައެވެ. އެ އެއާލައިންގެ ދަރަނި 11.5 ޓްރިލިއަން އަށް އަރާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ