ޔޫކޭގެ ބޮޑުވަޒީރު ކަރަންޓީނުކޮށްފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކަރަންޓީނު ކޮށްފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެގެންނެވެ.

ބޮޑުވަޒީރު ޖޯންސަން ވަނީ ޓުވިޓާ މެދުވެރިކުރައްވައި ސެލްފް ކަރަންޓީނު ވެވަޑައިގެންފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ. އަދި އެގައުމުގެ އިދާރާތަކުން އަންގަވާފައިވާ ގޮތަށް ދެހަފުތާގެ ކަރަންޓީނު ފުރިހަމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ މާޗް މަހުގައި އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވިއެވެ. އެހެން ކަމުން ހަށިގަނޑުގައި އެންޓިބޮޑީ ހުންނާނެ އެވެ. އެހެން ނަމަވެސް ވައިރަސް ކޮންޓްރޯލް ކުރުމުގައި ބައިވެރިވުމުގެ ގޮތުން ސެލްފް ކަރަންޓީނު ވެވަޑައިގެންނެވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބޮޑުވަޒީރު ބޮރިސް ވިދާޅުވީ، ހާލުކޮޅު ރަނގަޅުކަމަށާއި ހަށިގަނޑުން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.

ޔޫކޭގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އެގައުމުން މިހާތަނަށް 1.39 މިލިއަން ކޮވިޑް ކޭސް ފެނިފައެވެ. އަދި ބަކިޖެހިގެން 52147 މީހުން މަރުވެފައިވެއެވެ.