އިންޑިއާ އާއި ޕާކިސްތާނު ބޯޑަރުގައި ހަމަނުޖެހުން ހިނގައި އެތައްބަޔަކު މަރުވެއްޖެއެވެ.
އޮފިޝަލުން ވަނީ އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުމުގައި މިހާތަނަށް އާންމުންގެ 10 މީހުންނާއި ސަލާމަތީ ބާރުތަކުގެ ފަސް މީހުން މަރުވެފައިވާ ކަމަށް ބުނެފައެވެ.
ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ އެގައުމުގެ އާންމުންގެ ހަތަރު މީހުންނާއި ސިފައިންގެ އެކަކު އެ ހަމަނުޖެހުމުގައި މަރުވެފައިވާ ކަމަށް ބުނެފައެވެ. ޕާކިސްތާނުން ބުނެފައިވާ ގޮތުގައި އެގައުމުގެ ސަލާމަތީ ބާރުތަކުގެ 22 މީހަކަށް މި ހަމަނުޖެހުންތަކުގައި ވަނީ އެކިވަރުގެ އަނިޔާތައް ވެސް ވެފަ އެވެ.
އިންޑިއާއިން ބުނެފައިވާ ގޮތުގައި، އެގައުމުގެ އާންމުންގެ ތެރެއިން ވެސް ހަމީހުންނާއި ތިން ސިފައިން ވަނީ މަރުވެފައެވެ.
އިންޑިއާ އާއި ޕާކިސްތާނުން ކަޝްމީރުގެ މައްސަލައިގައި 1947 ވަނަ އަހަރުން ފެށިގެން ދަނީ ހަނގުރާމަކުރަމުންނެވެ. ހަނގުރާމައިގައި ދެގައުމުން ވަނީ އެތައް ބަޔަކު މަރުވެފައެވެ.
2003 އިން ފެށިގެން ދެގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސް ވުމަށްފަހު އެތައް ފަހަރަކު ވަނީ އެއެއްބަސްވުމާ ހިލާފުވެ ހަމަލާ ބަދަލު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ