އީޔޫ އިން 300 މިލިއަން ޑޯޒްގެ ވެކްސިން ގަނެފިއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ މިހާތަނަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ނަތީޖާއެއް ނެރެފައިވާ ފައިޒާ ވެކްސިން ގަތުމަށް އެއްބަސްވުމަކަށް އައިސްފައެވެ.
ފައިޒާ ވެކްސިންގެ ފަހުގެ މަރުހަލާ ނިމި، ބޭނުންކުރުމަށް ހުއްދަ ލިބުމާ ގާތްކޮށްފައިވާ އިރު، އީޔޫއިން އެދިފައިވާ ގޮތަށް ވެކްސިންގެ ޑޯޒްތައް ޑެލިވަރީ ކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފަށާނެ ކަމަށް ފައިޒާ އިން ވަނީ ބުނެފައެވެ.
އީޔޫ އިން ވެކްސިން ހޯދުމަށް ހަދާފައިވާ އެއްބަސްވުމަކީ މިހާތަނަށް ފައިޒާގެ ވެކްސިންގެ ބޮޑު ސްޓޮކެއް ގަތުމަށް ލިބިފައިވާ އެންމެ ބޮޑު ހުށަހެޅުމެވެ.
ވެކްސިން ބޭނުންވާ މީހަކަށް ޖުމްލަ ދެ ޑޯޒް ދޭންޖެހޭ ފައިޒާގެ ވެކްސިން އުފެއްދުމަށް ހަމަޖެހިފައިވަނީ ޔޫރަޕުގެ ދެ ގައުމެއްގައެވެ. އެއީ ޖަރުމަނާއި ބެލްޖިއަމްގައެވެ.
ޖަރުމަނުވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ޖެންސް ސްޕެން ވިދާޅުވީ އެގައުމަށް 100 މިލިއަން ޑޯޒް ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. 100 މިލިއަން ޑޯޒް ލިބިއްޖެނަމަ 83 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ޖަރުމަނުން ވެކްސިން ދެވޭނީ 50 މިލިއަން މީހުންނަށެވެ.
އީޔޫގެ ޖުމްލަ އާބާދީއަށް ބަލާއިރު 450 މީހުންގެ ތެރެއިން ހުރިހާ އެންމެނަށް ވެކްސިން ދޭން ނުޖެހޭއިރު އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ހައިރިސްކު މީހުންނަށެވެ.
ކޮވިޑުގެ ހާލަތު ޔޫރަޕް ބައްރުގައި ގޯސްވެފައިވާ އިރު، ބައެއް ގައުމުތަކަށް ވަނީ ތިންވަނަ ރާޅެއް އަރައި ގައުމު އެއްކޮށްހެން ބަންދުކުރަން މަޖުބޫރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ