ވެނުއާޓޫ އިން ފުރަތަމަ ފަހަރަށް ކޮވިޑް ކޭހެއް ފެނިއްޖެއެވެ.
ޕެސިފިކް ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ ވެނުއާޓޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ އެމެރިކާއިން އެގައުމަށް އެތެރެވި މީހެކެވެ.
ވެނުއާޓޫގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ލެން ޓަރިވޮންޑާ ވަނީ އެގައުމަށް އެތެރެވެފައިވާ އުމުރުން 23 އަހަރުގެ އެމެރިކާ މީހާ ކަރަންޓީނު ކުރުމަށްފަހު ފަސްވަނަ ދުވަހު ހެދި ޓެސްޓުން ޕޮޒިޓިވް ވެފައިވާކަން އެނގިފައިވާ ކަމަށް އިއުލާނު ކުރައްވައިފައެވެ.
ގައުމުން ބޭރުން އައި މީހަކަށްވެފައި އެމީހާ ހުރީ ކަރަންޓީނުގައި ކަމަށް ވުމުން މިއީ ބަލިމަޑުކަން އެގައުމުގެ އާންމުންނަށް ފެތުރުން ކަމުގައި ނުވާނެކަމަށް ލެން ވަނީ ވިދާޅުވެފައެވެ.
އެމީހާގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ފެނިފައި ނުވި ނަމަވެސް، އޭނާއާ އެކު އެގައުމަށް ދަތުރުކުރި އެހެން މީހުންވެސް އައިސޮލޭޓް ކޮށްފައިވާ ކަމަށް ލެން ވިދާޅުވިއެވެ.
ވެނުއާޓޫ އިން ވަނީ ދުނިޔޭގެ ގައުމުތަކުން ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު މިއަހަރުގެ މާޗް މަހު އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފައެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ދާ ފްލައިޓުތަކަށް އެގައުމަށް ޖެއްސުމުގެ ހުއްދަ ދީފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ