އެޕަލްގެ އާ މެކްބުކް ޕްރޯ، ވަރުގަދަ ޗިޕަކާއެކު ދައްކާލައިފިއެވެ.
އެޕަލް އިން ރޭ ބޭއްވި "ވަން މޯ ތިންގް" އިވެންޓުގައި އެންމެ ފަހުގެ މެކްބުކް ޕްރޯ ދައްކައިލި އިރު އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވެފައިވަނީ ފުރަތަމަ ފަހަރަށް މެކްބުކެއްގައި އެޕަލް އިން އަމިއްލައަށް އުފައްދާފައިވާ ޕްރޮސެސާއެއް އެކުލެވުމެވެ.
13 އިންޗީގެ އާ މެކްބުކް ޕްރޯ ގައި އެކުލެވޭ އެމް ވަން ޕްރޮސެސާއާއެކު މެކްބުކް ޕްރޯ ވެފައި މިވަނީ މުޅި ދުނިޔެއިން ވެސް އެންމެ ފާސްޓް ސީޕީޔޫ އެކުލެވޭ ޑިވައިސްއަށެވެ.
މީގެ ކުރިން މެކްގައި ބޭނުންކޮށްފައި ވަނީ އިންޓެލްގެ ޗިޕް ތަކެވެ.
އެޕަލްގެ އާ މެކްބުކް ޕްރޯ 2.8 ގުނަ ފާސްޓްވެފައި މީގެ ކުރިން ނެރެފައިވާ މެކްތަކަށްވުރެ ފަސް ގުނަ ގްރެފިކްސް ފާސްޓުވާނެ ކަމަށް އެޕަލް އިން ބުނެއެވެ.
އެޕަލްގެ އާ މެކްބުކް މިމަހުގެ 17 ވަނަދުވަހުން ފެށިގެން ޕްރީ އޯޑަރަށް ހުޅުވާލާއިރު އަގު އުޅެނީ 1299 އެމެރިކާ ޑޮލަރަށް ކަމަށް އެޕަލް އިން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ