ބޮލީވުޑް ތަރި ކެޓްރީނާ ކައިފް ޗުއްޓީ ހޭދަކުރަމުން އަންނަ ރާއްޖޭގެ ރިސޯޓުގައި ނަގާފައި ހުރި ފޮޓޯއެއް ވަނީ އިންސްޓަގްރާމަށް ދޫކޮށްލައިފިއެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް ރާއްޖެ އައިސްފައިވަނީ ފޮޓޯ ޝޫޓަކަށް ކަމަށް އޭނާގެ އިންސްޓަގްރާމް ފޮޓޯ ކެޕްޝަންގައި ބުނެފައިވެއެވެ.

ކެޓްރީނާގެ ފޮޓޯގައި ވަނީ ރާއްޖޭގައި ހުރުމުން އާޝޯހުވެފައިވާ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގައި ޝޫޓްއެއް ނެގުމަށް އައި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކެޓްރީނާ ހުރީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް އަދި އެނގިފައި ނުވާ އިރު، އޭނާގެ އިންސްޓަގްރާމް ޕޯސްޓުގައިވެސް ލޮކޭޝަން ހާމަކޮށްފައެއް ނުވެއެވެ.