ޗައިނާގެ "ކެންސިނޯ" ވެކްސިންގެ ޓެސްޓުތަކުގެ ފަހުގެ މަރުހަލާ ފަށައިފިއެވެ.

"ކެންސިނޯ"ގެ އޮފިޝަލުން ވަނީ ޓެސްޓުތަކުގެ ފަހުގެ މަރުހަލާގައި ހިމެނޭ ފުރަތަމަ ގްރޫޕްގެ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ބުނެފައެވެ. "ކެންސިނޯ" ވެކްސިންގެ އެންމެ ފަހުގެ ޓެސްޓުތައް ކުރަމުން އަންނަނީ މެކްސިކޯގައެވެ.

ޗައިނާގެ ފާމަސޫޓިކަލް ކުންފުނި ކެންސިނޯބަޔޯ އިން ބުނީ މިހާރު ބޭނުންކުރާ ވެކްސިންގެ ޑޯޒްތަކަކީ މެކްސިކޯގައި އުފައްދާފައިވާ ޑޯޒްއެއް ކަމަށެވެ. "ކެންސިނޯ" ގެ ފަހުގެ ޓެސްޓުތަކުގައި 15000 އެއްހާ މީހުން ބައިވެރިވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިދިޔަ މަހު މެކްސިކޯގެ ސަރުކާރުން ވަނީ "ކެންސިނޯ"ގެ 35 މިލިއަން ޑޯޒް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.