ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލުން ކެންސަރު ސޮަސައިޓީއަށް 150،000 ރުފިޔާ ހަދިޔާ ކޮށްފި

އަލީ ޔާމިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސަރު ސޮސައިޓީ އަށް 150،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ.

މިއީ އެނުއަލް ޕިންކް ރިބަން ވޯކަށް ބީއެމްއެލުން ދިން އެހީއެކެވެ. ޕިންކް ރިބަން ވޯކަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ކެންސަރު ސޮސައިޓީ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ބީއެމްއެލް އިން ކެންސަރު ސޮސައިޓީ އަށް ދިން އެހީ އެ ޖަމިއްޔާ އާއި ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އެވެ.

މި އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ޓިމް ވަނީ ކެންސަރު ސޮސައިޓީގެ މެންބަރުންނާއި ކެންސަރަށް ފަރުވާ ހޯދާ ޕޭޝަންޓުން އަދި ކެންސަރ ސަވައިވާސް އާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ކެންސަރު ބަލިން ރަނގަޅުވި މީހުން ވަނީ ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގައި އެ މީހުން ކުރި ހިތްވަރާއި ކެރިގެން ބައްޔާ ކުރިމަތިލުމާއި އުއްމީދާ އެކު މަސައްކަތްކުރިކަމުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.

މިއަހަރުގެ ޕިންކް ރިބަން ރަން- ވޯލްކް ހަރަކާތް ބޭއްވީ ވާޗުއަލް އިވެންޓެއްގެ ގޮތުގަ އެވެ. އެ ހަރަކާތުގައި ގާތްގަނޑަކަށް 700 މީހުން ވަނީ ބައިވެރިވެފަ އެވެ 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލުން އަންނަނީ އެ ބޭންކު ގެ އިޖްތިމާއި ޒިންމާގެ ދަށުން ކެންސަރު ސޮސައިޓީއަށް އެހީތެރިވަމުންނެވެ.