ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހިދުމަތް މެދުކަނޑާލާފައިވާ ވެމްކޯގެ ކޯލް ސެންޓަރަށް ދިމާވި މައްސަލަ ހައްލުކޮށް، ކޯލް ސެންޓަރުން އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

ވެމްކޯ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުނި އުކާލުމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ކުރުމަށް ގުޅާ ވެމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިފަދަ މައުލޫމާތު ހޯދުމަށް ބޭނުންވާ ކަސްޓަމަރުން 1666 އަށް ގުޅުމަށް ވެމްކޯއިން އެދެއެވެ.

ވެމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް މެދުކެނޑިފައިވަނީ ބުރާސްފަތި ދުވަހުއެވެ. ވެމްކޯ އިން ވަނީ މި ހިދުމަތް މެދު ކެނޑުނީ ދިމާވި ކުއްލި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައެވެ.