ލަންކާގެ ހޮސްޕިޓަލެއްގައި ކޮވިޑަށް ފަރުވާ ހޯދި މީހަކު އެހޮސްޕިޓަލަށް ޕީސީއާރް މެޝިނެއް ހަދިޔާ ކޮށްފިއެވެ.

ލަންކާގެ ސްރީ ޖަޔޭވަރްދެނަޕޫރާ ޖެނެރަލް ހޮސްޕިޓަލުން ފަރުވާ ހޯދި މީހާ ކޮވިޑުން ރަނގަޅު ވެ ހޮސްޕިޓަލަށް ޕީސީއާރް މެޝިނެއް ހަދިޔާކުރުން ވެގެން ދިޔައީ ހޮސްޕިޓަލަށް ލިބުނު ބޮޑު ކުރިއެރުމަކަށެވެ.

މީގެ ކުރިން އެހޮސްޕިޓަލުގައި ޕީސީއާރް ޓެސްޓް ކުރެވޭ މެޝިނެއް ނުހުރެއެވެ. އަދި ޓެސްޓު ހަދަން ޖެހިއްޖެ ނަމަ ޖެހެނީ ބޮރެއްލާ މެޑިކަލް ރިސާޗް އިންސްޓިޓިއުޓަށް ފޮނުވާށެވެ.

ލަންކާގެ ނޫހަކަށް މައުލޫމާތު ދެމުން ސްރީ ޖަޔޭވަރްދެނަޕޫރާ ޖެނެރަލް ހޮސްޕިޓަލުގެ ޑިރެކްޓަރ ރަތުނަސިރި ވަނީ ޕީސީ އާރް މެޝިން ލިބުމާއެކު ދުވާލަކު 300 ޓެސްޓުކުރެވޭނެ ކަމަށް ބުނެފައެވެ.