ހަންގޭރީގެ ފޮރިން މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވް ވެ ކެމްބޯޑިއާގެ އެތައް ސަތޭކަ ބަޔަކު ކަރަންޓީނު ކޮށްފިއެވެ.
ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިޒްޖާޓޯ ވަނީ ކެމްބޯޑިއާ އަށް ވަޑައިގެން އެގައުމުގެ އިސްފަރާތްތަކާ އެކު މަޝްވަރާތައް ބާއްވަވައިފައެވެ.
މިނިސްޓަރު ޕީޓާ ކެމްބޯޑިއާ އިން ފުރާވަޑައިގެންނެވިތާ ކުޑައިރުކޮޅެއްފަހުން ވަނީ ޕޮޒިޓިވް ވިކަމުގެ މައުލޫމާތު ކެމްބޯޑިއާ ސަރުކާރަށް އަންގައިފައެވެ.
ކެމްބޯޑިއާ ގައި ހަންގޭރީގެ ފޮރިން މިނިސްޓަރާ ބައްދަލުވި ގިނަ ބަޔަކު މިހާރުވަނީ ކަރަންޓީނު ކޮށްފައެވެ. އެގޮތުން ކެމްބޯޑިއާގެ ބޮޑު ވަޒީރުގެ އިތުރުން އަނބިކަނބަލުންނާއި 18 ބޮޑީގާޑަކު ވެސް ވަނީ ކަރަންޓީނު ކޮށްފައެވެ.
ކެމްބޯޑިއާ ގައި ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި 628 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު މިހާތަނަށް އެއްވެސް ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށް ޓަކައި އެންމެން ވެސް ވަނީ ކަރަންޓީނު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ