އެންމެ ދިގު އިސްތަށިގަނޑާއެކު އިންޑިއާ ކުއްޖަކު ދުނިޔޭގެ ރެކޯޑު މުގުރާލައިފިއެވެ.

ނިލަންޝީ ޕަޓޭލް މުގުރާލާފައި ވަނީ އޭނާގެ އަމިއްލަ ރެކޯޑެވެ. ނިލަންޝީ ވަނީ އޭނާގެ 18 ވަނަ އުފަންދުވަހުގެ ކުރިން އިސްތަށިގަނޑުގެ މިން ނަގައިފައެވެ. ނިލަންޝީގެ އިސްތަށިގަނޑުގައި 6 ފޫޓު 6.7 އިންޗި ހުރެއެވެ.

https://www.youtube.com/watch?v=mdHnXlCXjzE

މީގެ ކުރިން 2018 ވަނަ އަހަރު ނިލަންޝީ ރެކޯޑް ގާއިމް ކުރިއިރު އިސްތަށިގަނޑުގެ ދިގުމިނުގައި ހުރީ 5 ފޫޓު 7 އިންޗިއެވެ.

ނިލަންޝީ ވަނީ އޭނާގެ އުމުރުން 18 އަހަރު ފުރުމަށްފަހު އަލުން އިސްތަށިގަނޑު ދިގުކޮށް ރެކޯޑް ގާއިމް ކުރުމުގެ އިތުރު ވިސްނުމެއް ނެތްކަމަށް ބުނެފައެވެ.