އައިޖީއެމްއެޗު ކައިރީ މޫދުން މަރުވެފައި އޮއްވައި ފެނުނު ގދ. ވާދޫ، ރިމެމްބާކަދަވާޑް، މުހައްމަދު ސިދުރަތުﷲގެ ހަށިގަނޑު މާލެ ގެނެސް މިރޭ ވަޅުލައިފިއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ސިދުރަތު ވަޅުލާފައިވަނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާގައެވެ.
އުމުރުން 31 އަހަރުގެ ސިދުރަތުﷲގެ މަރަކީ ގުދުރަތީ މަރެއްކަމަށް ކަށަވަރު ނުވާތީ ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމައި، މިދިޔަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލައިފައެވެ. އޭނާގެ ޕޯސްޓްމޯޓަމް ހައްދާފައިވަނީ ޓްރެވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުންނެވެ. އެކަމުގެ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ ސިދުރަތުﷲ އެންމެ ފަހުން ދިރިހުއްޓައި ފެނުނީ މިދިޔަ މަހު 22 ވަނަ ދުވަހު ހެނދުނު 9:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ. އޭނާ ރަސްފަންނު ސަރަހައްދަށް ދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނު އިރު، ވާތު ލޮލާއި ފައިގެ ކުޑަ އިނގިލިން ބައެއް ނެތެވެ. އަދި ގައިގެ އެކި ތަންތަނުގައި ޒަހަމުތައް ހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު