މިއަދު އެމެރިކާއިން ލައްކައަކަށް ވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ރެކޯޑުތަކުން ދައްކައިފިއެވެ.
މުޅި ދުނިޔޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެމެރިކާ މިވަނީ މިހާތަނަށް އެއް ދުވަހެއްގައި އެއްގައުމަކުން އެންމެ ގިނަ ކޭސް ފެނިގެންދިޔަ ގައުމަށް ވެފައެވެ.
މިއަދު އެެގައުމުން ވަނީ 102،831 ކޭސް ފެނިފައެވެ. މިހާތަނަށް އެގައުމުން އެންމެ ގިނަ ކޭސް ފެނިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 99،321 ކޭސް ފެނިފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެމެރިކާއިން 1616 މީހުން ބަލި ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. މިހާތަނަށް އެގައުމުން ޖުމްލަ ދެލައްކައަށް ވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ދުވަސްވަރާ ދިމާކޮށް އެގައުމުން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް ލުއިކުރުމާއެކު ތަޖުރިބާކާރުން ވަނީ އެމެރިކާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އިންޒާރުދީފައެވެ.
އެމެރިކާއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 9.58 މިލިއަނަށް އަރާފައިވާ އިރު، އެގައުމު ވެފައިވަނީ ދުނިޔެއިން އެންމެ ގިނަ ކޮވިޑް ކޭސް ފެނުނު ގައުމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ