އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނެސް، ބައެއް ވިސާތައް ދިނުމުގައި ލުއި ދިން ނަމަވެސް ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ބެލެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް އެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިންނަށް ހުޅުވާލެވިފައިވާ ގައުމަކަށްވާއިރު ދިވެހިންގެ ދިރިއުޅުން ވެސް ބިނާވެފައި އޮންނަނީ އެމީހުން ރާއްޖެ އައުމުގެ މައްޗަށް ކަމަށެވެ.
ނަމަވެސް އެކަމަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި އެގޮތުން މިހާރު އިމިގްރޭޝަންގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާއެކު ފަތުރުވެރިން އައުމަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު އެ ގާނޫނަށް ގެނެވިފައި ހުރި ބަދަލުތަކުގެ ތެރެއިން ސަރުކާރުގެ ވިސްނުން އެބަ ހާމަވޭ، އަޅުގަނޑުމެން އެބަ ބުނާ ކަހަލަ އަންނާށޭ. ކުރިން މިއޮންނަނީ ނާންނާށޭ، ވަރަށް ބޮޑަށް ހަރުކަށި އުސޫލަކުން. ރަނގަޅު، ބޯޑާ ކޮންޓްރޯލް ކުރަން އެބަ ޖެހޭ، އެ ސެކިއުރިޓީ އެބަ މެއިންޓެއިން ކުރަން ޖެހޭ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ދެބައި ބެލެންސްކޮށްގެން ގެންދެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ ފުދުންތެރި އަބުރުވެރި ގައުމަކަށް ވުމަށް ރާއްޖެ ކުރަމުން އަންނަ މަސައްކަތުގައި ކާމިޔާބު ލިބޭނީ އެ ބަދަލުތަކާ އެއްގޮތަށް އެންމެންގެ ވިސްނުން ބައްޓަންކޮށްގެން ކަމަށެވެ.
އިމިގްރޭޝަންގެ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހެޅި ބަދަލުތަކުގެ ތެރޭގައި ކޯޕަރޭޓް ރެސިޑެންސް ވީސާ އާއި މީޓިން ވިސާ މާއްދާއެއްގެ ގޮތުގައި ގާނޫނަށް އިތުރު ކުރުމާއި ގާނޫނީ ބާރު އިތުރުކޮށް އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް މިހާރު ގަވައިދަކުން ދޫކުރާ ކޯޕަރޭޓް ރެސިޑެންސް ވިސާ ދިނުން ގާނޫނުގެ މާއްދާއެއްގެ ގޮތުގައި ހިމެނުމަށް ހުށަހަޅާފައިވެ އެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް