ލަންކާގައި ކޮވިޑް ކަރަންޓީނު ރިލީފް ގޮތުގައި 7.3 ބިލިއަން ރުޕީސް ހަމަޖައްސައިފިއެވެ.

މިއީ ކޮވިޑް-19 ވައިރަހުން ސަލާމަތް ވުމަށް ލަންކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކޮށްފައިވާ ލޮކްޑައުންގެ ސަބަބުން އެހީ ބޭނުންވާ ފަރާތްތަކަށް ދިނުމަށް އެ ގައުމުގެ ސަރުކާރުން ހމަޖެއްސި 7.3 ބިލިއަން ރުޕީސް އެވެ.

ސަރުކާރުން ވަނީ ގަމްޕަހާ ޑިސްޓްރިކްޓްގެ ރިލީފް އެހީގެ ގޮތުގައި، މަދުން އާމްދަނީ ލިބޭ މީހުންނަށް 5000 ރުޕީސް ދިނުމަށް ނިންމާފައެވެ. އެގޮތުން އެޑިސްޓްރިކްޓް އަށް ޖުމުލަ 2721.27 މިލިއަން ރުޕީސް ދިނުމަށް ނިންމާފައި ވެއެވެ.

ކޮލަމްބޯ ޑިސްޓްރިކްޓް އަށް 2333.60 މިލިއަން ރުޕީސް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ. ކަލުތަރާ ޑިސްޓްރިކްޓަށް 1310 މިލިއަން ރުޕީސް ހަމަޖައްސާފައިވާއިރު 469.57 މިލިއަން ރުޕީސް ކުރުނެގަލާގެ ރައްޔިތުންނަށް ހަމަޖައްސާފައި ވެއެވެ. އަދި 128.39 މިލިއަން ރުޕީސް ބައްޓިކާލާ ޑިސްޓްރިކްޓް އަށް ހަމަޖައްސާފައި ވެއެވެ.