އޮސްޓްރޭލިއާގެ ގެއެއްގައި ރޯވި އަލިފާނުން ސަލާމަތްވީ ގުރައެއްގެ ސަބަބުން ކަމަށް ގޭގެ ވެރިފަރާތުން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ އެންތޮން ނަމަކަށް ކިޔާ އެމީހާ ބުނީ އޭނާ ދިރިއުޅޭ ދެބުރިޔަށް ނަގާފައިވާ ގޭގައި އަލިފާން ރޯވި އިރު އޭނާއަށް އޮތީ ނިދިފައި ކަމަށެވެ.
އެންތޮން ބުނީ އޭނާ ނިދާފައި އޮއްވައި ހޭލެވުނީ ގުރާ ގޮވާ އަޑަށް ކަމަށެވެ. ހޭލެވުނު އިރު ދުމުގެ ވަސް ހުރުމުން ދޮރުހުޅުވައި ބަލައިލި އެވެ. އެވަގުތު އޭނާއަށް އަލިފާންގަނު ފެނުނު ކަމަށް އެންތޮން ބުނެފައި ވެއެވެ.
އެންތޮން ބުނީ އަވަސްކޮށްލައިގެން، ގުރާ ހިފައިގެން ގެއިން ބޭރަށް ނިކުމެ އެސިޓީގެ ފަޔާ ޑިޕާޓްމަންޓަށް އެންގީ ކަމަށެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ މަސައްކަތުން އަލިފާން ނިއްވާ ޓީމުން ވަނީ އެގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައެވެ.
އެހާދިސާގައި އެންތޮން އަށް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް އޭނާވަނީ ބުނެފައެވެ.