ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.
އައިޖީއެމްއެޗުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ 39 ރެޖިސްޓާޑް ނަރުހުންނާއި ސީނިއާ ރެޖިސްޓާޑް ނަރުހުން އަދި ކްލިނިކަލް ނަރުހުން ހޯދަން އިއުލާން ކޮށްފަ އެވެ.
އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ނާސިން ޑިޕާޓްމަންޓަށް 23 ރެޖިސްޓާޑް ނަރުހުންނާއި ސީނިއާ ރެޖިސްޓާޑް ނަރުހުން އަދި ކްލިނިކަލް ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ.
އަސާސީ ޝަރުތަށް ބަލައި ރަޖިސްޓާޑް ނަރުހެއްގެ އަސާސީ މުސާރަ އުޅެނީ މަހަކު 9060 ރުފިޔާ އާއި 9360 ރުފިޔާއާ ދެމެދުގަ އެވެ. ސީނިއާ ނަރުހެއްގެ އަސާސީ މުސާރަ 9670 ރުފިޔާ އާއި 10160 ރުފިޔާއާ ދެމެދު އުޅޭއިރު، ކްލިނިކަލް ނަރުހެއްގެ މުސާރަ އަކީ 10410 ރުފިޔާ އާއި 10940 ރުފިޔާގެ އަދަދެކެވެ.
އަސާސީ މުސާރައިގެ އިތުރުން ސާވިސް އެލަވެންސްގެ ގޮތުގައި 188 ރުފިޔާ އާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ އެވެ.
އިއުލާނުގައި ބުނީ، ވަޒީފާއަށް އެންމެ ގާބިލު މީހެއް ހޮވާނީ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން ގާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން ކަމަށެވެ. އަދި ވަޒީފާއަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ތައުލީމާއި ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކުސް ލިބޭ މީހުން ޝޯޓްލިސްޓު ކުރެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އެ މަގާމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިންނެވެ. ހުށަހަޅަންޖެހޭ ތަކެތި ޖެހެނީ [email protected] އަށް މެއިލް ކުރާށެވެ.
އައިޖީއެމްއެޗް