އިޓަލީގެ މިލާންގައި، ބޭންކަކުން ވައްކަންކުރުމަށް ވަން ވަގުން ފިލީ ނަރުދަމާ ތެރެއިންލާފައި ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މިލާންގެ ކްރެޑިޓް އެގްރިކޯލް ބޭންކުގެ ބްރާންޗަށް ހަ ވަގުން ވަދެފައިވަނީ އެ އިމާރާތާ ޖެހިގެން ހުރި އިމާރާތަކުން ލޯވަޅެއް އަޅައިގެން ކަމަށް ތަހުގީގުން ވަނީ ހާމަވެފައެވެ.

އިޓަލީގެ މީޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުން ވަގުން ބޭންކަށް ވަދެފައިވަނީ ބެންކު ހުޅުވުމުގެ ކުރިންނެވެ. ބޭންކު ހުޅުވުމުގެ ކުރިން ބޭންކުގެ ބޭސްމަންޓަށް ވަގުން ވަދެ ބޭންކު މެނޭޖަރާއި ދެ މުވައްޒަފަކު ރަހީނުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޭންކުގެ މެނޭޖަރަށް މަޖުބޫރުކޮށްގެން ވެސް ތިޖޫރި ނުހުޅުވުމުން ވަގުން ވަނީ އެ މެނޭޖަރަށް ހަމަލާދީފައެވެ. ނަމަވެސް ބޭންކުގެ ސެކިއުރިޓީ އެލާމްގެ އަޑަށް ވަގުން ވަނީ ފިލައިފައެވެ.

މިލާންގެ ފުލުހުން ބޭންކު ސަރަހައްދަށް ދިޔައިރު ވަގުންތައް ވަނީ ފިލައިފައެވެ. ނަމަވެސް އެމީހުންނަށް އެއްވެސް ކާމިޔާބީއެއް ނުލިބޭކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފުލުހުން ވަނީ ބެންކު ހިމެނޭ ސަރަހައްދު ބަންދުކޮށް ބޭންކުން ނިކުމެވޭ ހުރިހާ ދޮރުތަކެއްވެސް ބަންދުކޮށްފައެވެ.

ފުލުހުންނަށް ފަހުން ލިބުނު މައުލޫމާތަށް ބަލައި ބޭންކާ ދިމާލުން ނަރުދަމާ ބަލާލުމުން ވަނީ ވަގުންތައް އަތުލެވޭ ގޮތެއް ނުވެފައެވެ.